ބޮޑު މަހުގެ ބަނޑުތެރޭ އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވި ދުޢާފުޅު
2
‏1 ދެން ޔޫނުސްގެފާނު އެ މަހުގެ ބަނޑުތެރޭގައި ލެއްވި ހިނދު މިފަދައިން ދުޢާފުޅު ކުރެއްވިއެވެ.
‏2 ”މިއަޅާ ފުންކަނޑުގެ ކަށްވަޅުގައި މަރުގެ ތުންފަތްމަތީ މި މުސީބާތުގައި ވީ ހިނދު ތިޔަ މަތިވެރި ކަލާނގެއަށް ދުޢާ ދެންނެވީމު.
އިނބަރަސްކަލާނގެ އެދުޢާ އައްސަވައި ވޮޑިގަންނަވައި އިޖާބަ ކުރެއްވީމު.
‏3 އިނބަރަސްކަލާނގެ މި އަޅާ ކަނޑުލެއްވި ހިނދު ފޮނުއަރައިގެން
ކެކެމުން އައި ބިޔަ ރާޅުތަކުގެ ހޮޅިދަށުވެ
ފުންކަނޑުގެ އެންމެ ފުންމިނަށް މިއަޅާ ގެނބިގެން ދިޔަ.
‏4 އެހިނދު މިއަޅާއަށް ހީކުރެވުނު. އިނބަރަސްކަލާނގެ ބައްލަވާވޮޑިގަތުމުގެ ދަށުން
މިއަޅާ މި ބޭރުވީތާއޭ.
އެހެނަސް އެ މަތިވެރި ބައިތުލް މަޤްދިސަށް
މިއަޅާ އަލުން ގެންދަވާނެކަމުގެ އުންމީދު މިއަޅާ ގެއްލުވައެއް ނުލަން.
‏5 ކެކިގެން އުތުރިއަރަމުން އައި
ލޮނުގަނޑު އައިސް ވަށާލައި މިއަޅާގެ ނޭވާ ހާސްކޮށްލި.
މޫދުވިނަތައް އައިސް މިއަޅާގެ ބޮލުގައި އޮޅާލި.
‏6 ބިޔަ ފަރުބަދަތަކުގެ މުލާ ހަމަޔަށް ގެނބިގެންދިޔަ ހިނދު،
މަރު އައިސް މިއަޅާ ގެންގޮސް ގައިދުކޮށްލި ހިނދު،
އިނބަރަސްކަލާގެ އެ އަނދިރިވަޅުގަނޑުން މިއަޅާ ނެރުއްވީމު.
‏7 މިއަޅާގެ ދިރިހުރުމުގެ ހުޅުކޮޅު ކަނިވެ މަރު ގާތްވެގެން އައި ވަގުތު
އިނބަރަސްކަލާގެ މަތިން ހަނދުމަވެ ދުޢާ ދެންނެވީމު.
އިނބަރަސްކަލާގެ މަތިވެރި ދަރުބާރުން އެދުޢާ އައްސަވައި އިޖާބަ ކުރެއްވީމު.
‏8 އަގެއް ނެތް ބުދުތަކަށް އަޅުކަންކޮށް އުޅޭ މީހުން އެތިބެނީ
އޯގާވެރި ކަލަކަށް ފުރަގަސްދީގެން.
‏9 އެހެނަސް މިއަޅާ އިނބަރަސްކަލާނގެއަށް
މަދަހަ ސަނާގެ ޤުރުބާނީއެއް ހަރުއަޑުން ހުށަހަޅަން.
މިއަޅާގެ ނަދުރު ފުއްދާހުށީން.
މިއަޅާއަށް ދިންނެވުން ލިބުން އޮތީ އިނބަ ރަސްކަލާނގެ ކިބަފުޅުން.“
‏10 އެހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.